ޓެކްސް އެޕީލް ޓްރައިބިއުނަލްގެ 2 ވަނަ ދައުރުގެ މުއްދަތު 28 ނޮވެމްބަރ 2020 ގައި ހަމަވުމާ ގުޅިގެން، ޤާނޫނު ނަމްބަރ 2010/3 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު)ގެ 56 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައިވާ ގޮތުގެމަތީން، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ތިންވަނަ ދައުރުގެ މެމްބަރުކަމަށް، ތިރީގައިވާ ފަސް ބޭފުޅުން ރައީސުލްޖުމްހޫރިއްޔާ މިއަދު (29 ނޮވެމްބަރ 2020ގައި) އައްޔަން ކުރައްވައިފިއެވެ.
- އަލްއުސްތާޛު މުޙައްމަދު މުނައްވަރު ޢަލީ (ވެސްޓްބީޗް، އއ.މަތިވެރި)
- އަލްއުސްތާޛާ ފާޠިމަތު މިންޙަތު ޢިއްޒަތު (ގ.ގޮފި)
- އަލްފާޟިލު ޙުސައިން ޒައިދާން ޖަލީލު (މ.ފާމުދޭރިގެ)
- އަލްފާޟިލު އިސްމާޢީލް ސާޖިދު (މއ.ވިލާރޮދި)
- އަލްއުސްތާޛު އަޙުމަދު އަޝްރަފް (ދަފްތަރު. ނަންބަރު ރސ 7883)
ރައީސުލް ޖުމްހޫރިއްޔާ އައްޔަން ކުރެއްވެވި ފަސް މެމްބަރުންގެ ތެރެއިން، ޤާނޫނު ނަމްބަރ 2010/3 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު)ގެ 56 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައިވާ ގޮތުގެމަތީން، ރައީސާއި ނާއިބު ރައީސް ކަމުގެ މަޤާމަށް ހޮވިވަޑައިގެންފައިވަނީ ތިރީގައިވާ ދެބޭފުޅުންނެވެ.
- ޓްރައިބިއުނަލްގެ ރައީސް އަލްއުސްތާޛު މުޙައްމަދު މުނައްވަރު ޢަލީ (ވެސްޓްބީޗް، އއ.މަތިވެރި)
- ޓްރައިބިއުނަލްގެ ނާއިބު ރައީސް އަލްއުސްތާޛާ ފާޠިމަތު މިންޙަތު ޢިއްޒަތު (ގ.ގޮފި)
14 ރަބީޢުލްއާޚިރު 1442
29 ނޮވެންބަރު 2020